ތަޖުރިބާކާރު ފޯވަޑް ވެލްބެކް ދެ އަހަރުގެ އެއްބަސްވުމަކާއެކު ޗެލްސީއާ ގުޅިއްޖެ
ވެލްބެކް ވެގެންދިޔައީ މި ސީޒަންގައި ޗެލްސީން ގެނައި 8 ވަނަ ކުޅުންތެރިޔާއަށެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ ބްރައިޓަންގެ ލީގު 37 މެޗެއްގައި 13 ގޯލް ކާމިޔާބުކޮށްފައެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ފަދަ ބޮޑެތި ކްލަބްތަކުގައި ކެރިއަރު ބިނާކުރި ވެލްބެކް ޗެލްސީއާ ގުޅުމުން 2022 ވަނަ އަހަރުން ފެށިގެން އެ ކްލަބުން ގެންގުޅުނު ޒުވާން ކުޅުންތެރިންނަށް އިސްކަންދިނުމުގެ ސިޔާސަތަށް ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ.
އިތުރު ލިޔުންތައް
ޕެނަލްޓީގައި އިންޓަރ މިލާން އަތުން ބަލިވެ މަރެސްކާއަށް ހިތި ފެށުމެއް
އާ ސީޒަނާ ކުރިމަތިލުމަށް އޭޝިއާ ޓުއަރގައި ހަރަކާތްތެރިވަމުންދާ ސިޓީން އިޓާލިއަން ލީގުގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މި މެޗުގެ 90 މިނެޓު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފޯވަޑް ޑިވިން މުބާމާ 14 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބެންޖަމިން ޕަވާޑް ވަނީ އިންޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ސާފްގެ އެގްޒެކިއުޓިވް ކޮމިޓީގެ ގޮނޑިއެއް ޝާފިއުއަށް ކާމިޔާބުވެއްޖެ
ސާފްގެ އޯޑިނަރީ ކޮންގްރެސްގައި ޝާފިއު އެ މަގާމަށް ހޮވިވަޑައިގެންނެވިއިރު އޭނާއަކީ ފާއިތުވި ދިހައެއްހާ އަހަރު ދިވެހި ފުޓުބޯޅައިގެ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.
ފީފާގެ ވޯލްޑް ކަޕް ހިއްސާ ވިއްކުމުގެ ރޭވުން ދޫކޮށްލައްވައިފި
އަންގާރަ ދުވަހު ހުށަހެޅުނު މި ޕްލޭނުގެ ދަށުން ފީފާ ފޯވާޑް އެންޓަޕްރައިޒް ނަމުގައި އައު ކުންފުންޏެއް އުފައްދައި 20 ބިލިއަން ޑޮލަރުގެ އަގު ކަނޑައެޅުމަށްފަހު 4.2 ބިލިއަން ޑޮލަރާ ހަމައަށް ހިއްސާ ވިއްކަން ވަނީ ރާވައިފައެވެ. މައިގަނޑު ހިއްސާ ގަންނާނެ ކަމަށް ބެލެވުނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދަނބިދަރިފުޅު ޖަރުޑް ކުޝްނޫގެ ބޭބެގެ ކުންފުނިންނެވެ.
މަލްޑީނީ އާއި ލިއޮނާޑޯ މަގާމުން ވަކިވެ އިޓަލީގެ ފުޓްބޯޅައަށް ބޮޑު ހުސްކަމެއް
އެ ދެ ލެޖެންޑުން އެފްއައިޖީސީގެ ޓެކްނިކަލް އިސް ދައުރާ ހަވާލުވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕަކުން ޖާގަ ގެއްލުމާ އެކު އިޓަލީގެ ފުޓްބޯޅަ އެއްކޮށް އޯވަހޯލް ކުރުމުގެ ޒިންމާ މި ދެ ފަރާތާ ހަވާލުކުރި ނަމަވެސް އެންމެ 16 ދުވަހުގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ވަކިވީއެވެ. ޕިރްލޯ ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު ސްޕޮންސާޝިޕް އެއްބަސްވުމެއް ހަދާފައިވާކަން ފާހަގަވެ އެ ޑީލް ދެމި އޮއްވައި ކޯޗުކަމަށް ގެންނަން އުޅުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ހޫނު ފާޑުކިޔުންތައް އެފްއައިޖީސީއަށް އަމާޒުކުރިއެވެ.
ލެބްރޯން ޖޭމްސް ލޭކާސް ދޫކޮށް ފިލަޑެލްފިއާ ސެވެންޓީ ސިކްސާސްއާ ގުޅެނީ
ޢުމުރުން 41 އަހަރުގެ ޖޭމްސް ބުނީ މިއީ އޭނާގެ ކެރިއަރުގައި ނިންމާ "އެންމެ ފަހު ނިންމުން" ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނި ކަމަށެވެ. ޖޭމްސް 23 ވަނަ އެން.ބީ.އޭ. ސީޒަން ނިމުނު އިރު އެއީ އެންމެ ފަހު ކުޅުން ކަމަށް ޤަބޫލުކުރެވުނު ކަމަށް އޭނާ ހާމަކުރިއެވެ.
އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މިއީ ސްޕެއިނުގެ ފިރިހެން ގައުމީ ޓީމުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ފީފާ ވޯލްޑް ކަޕް 2026؛ ފްރާންސް ބަލިކޮށް އިންގްލެންޑުން ބްރޮންޒް މެޑަލް ހޯދައިފި
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު އިންގްލެންޑަށް ވަނީ މުބާރާތުގެ ބްރޮންޒް މެޑަލް ލިބިފައެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން އެ ގައުމުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
ފީފާގެ އެހީތެރިކަން އާޖެންޓީނާއަށް ލިބޭ ކަމަށް ބުނާ ވާހަކަތައް މެސީ ދޮގުކޮށްފި
އޭނާ ބުނި ގޮތުގައި އެ ޓީމަށް އެއްވެސް ކާމިޔާބީއެއް ފަސޭހަކަމާ އެކު ލިބިފައެއް ނުވެއެވެ.
ފީފާ ވޯލްޑް ކަޕް 2026؛ ސެމީ ފައިނަލްގައި މިރޭ އިނގިރޭސިވިލާތާއި އާޖެންޓީނާ
މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.
މުހައްމަދު ރަޝީދުގެ ދެ ގޯލާ އެކު، ރޯޔަލް ސިޓީ ގްރޫޕް އެކެއްގެ އެއް ވަނައަށް
މިމެޗް ރޯޔަލް ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އައްސޭރިން ފަސޭހަކަމާއެކު ޔުނައިޓެޑް ރޯޔަލްސް ބަލިކޮށްފި
ކުޑަހުވަދޫ އަކިރެއިރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗުގައި އައްސޭރި ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އައްސޭރީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ.
އައްކަން އަތުން ރުއްދަށް ސްޕޯޓްސްއަށް ފަސޭހަމޮޅެއް
މިމެޗް ރުއްދަށް ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ރުއްދަށް ސްޕޯޓްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއުރު، ހަސަން އިމްރާން ވަނީ ހެޓްރިކް ހަދާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާފގެ މަގާމްވެސް ހޯދީ އިމްރާނެވެ.
އާޖިލްގެ ހެޓްރިކާ އެކު ޑްރީމުން، ކަންމަތި ކޮޅަށް ހަތް ގޯލް ޖަހައިފި
ދ. ކުޑަހުވަދޫ އަކިރެޔެރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗު ޑްރީމުން ކާމިޔާބުކުރީ 7-0 ގެ ނަތީޖާ އަކުންނެވެ.
ކުޑަހުވަދޫ ބޮޑު އީދު ފުޓްސަލް ޗެލެންޖް ފައިނަލުގެ ޖާގައެއް ޑްރީމް އެފްސީ ހޯދައިފި
މުބާރާތުގެ ފައިނަލުގެ ޖާގައެއް ޑްރީމުން ހޯދާފައިވަނީ މިރޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ރޯޔަލް ސިޓީ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ޑްރީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ޑްރީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަލީ ފަހުމީ، ލޫތު ހުސައިންގެ އިތުރުން އަހުމަދު އާޖިލެވެ.
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ރުއްދަން ސްޕޯޓްސް ކްލަބު ހޯދައިފި
މުބާރާތުގެ ޗެމްޕިއަންކަން ރުއްދަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗްގައި ޑްރީމްސް އެފްސީ އާ ދެކޮޅަށް ކުޅުނު މެޗް 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް؛ ފާޑުކިޔުންތެރިން ބުނީ ކީކޭ؟
މެޗުގެ ބޮޑުބަޔަކު މިޞްރުން ދެ ލަނޑުގެ ލީޑެއްގައި އޮތްއިރު، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުން ވަކިވާން ޖެހިދާނެ ކަމުގެ ބިރު އޮތެވެ. އާޖެންޓީނާއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 13 މިނެޓުގެ ތެރޭގައި ޖެހި ތިން ލަނޑުންނެވެ. އެގޮތުން 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ލިއޮނަލް މެސީ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
ވޯލްޑް ކަޕަކީ އާންމުކޮށް ކްލަބް ފުޓްބޯޅައިގައި ފެންނަ ބޮޑެތި ޓްރާންސްފާ ފީތަކާއި މާލީ މައްސަލަތަކުން އެއްކިބާވެފައިވާ، ކުޅިވަރުގެ އަސްލު ރޫހު ފެންނަ މުބާރާތެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއީ އިންތިހާއަށް ބޮޑެތި އިނާމުތަކެއް ކަނޑައެޅިފައިވާ މުބާރާތެކެވެ.
ފީފާ ވަރލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ މެޗަށް އާޖެންޓީނާގެ ރެފްރީންގެ ޓީމެއް
ބޮސްޓަން ސްޓޭޑިއަމުގައި ޖުލައި 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ރެފްރީއަކީ އާޖެންޓީނާގެ ފަކުންޑޯ ޓެލޯއެވެ. އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހުވާން ޕާބްލޯ ބެލައްޓީ އާއި ގެބްރިއެލް ޗާޑޭ ހަމަޖައްސާފައިވާ އިރު ހަތަރު ވަނަ އޮފިޝަލަކީ ޑާރިއޯ ހެރޭރާއެވެ. ރިޒާވް އެސިސްޓެންޓް ރެފްރީއަކީ ކްރިސްޓިއަން ނަވާރޯއެވެ. މިއީ މި މުބާރާތުގައި ދަނޑުމަތީގެ ފަސް އޮފިޝަލުން އެއް ޤައުމަކުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. ވީއޭއާރު އޮފިޝަލުން އަދި ކަށަވަރެއް ނުކުރެއެވެ.
ފުރަތަމަ ދެ މެޗުން ބަލިވެ ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކަޓައިފި
ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކެޓީ ރޭ ކުޅުނު މެޗުތަކުން ބަލިވެ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުމާ ގުޅިގެންނެވެ.