Newscast
ވިޔަފާރި

ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 09 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވަނީ
ފޮޓޯ / ދިރާގު

އެ ކުންފުނިން ބުނީ މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާއާއި ރައްޓެހިންނާ އެކު ބައިވެރިވެވޭ ގޮތަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ޚާއްޞަ އިވެންޓް 10 ޖުލައި 2026 ވާ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފައިވެއެވެ.

އެ ކުންފުނިން ބުނީ މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާއާއި ރައްޓެހިންނާ އެކު ބައިވެރިވެވޭ ގޮތަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދެވަނަ ނަސީބުވެރިޔާއަށް ލިބިގެންދާނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ކަމަށް ދިރާގުން ބުނެފައިވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ އުޅަނދެކެވެ. މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އެކުލެވިގެންވެއެވެ.

ދިރާގުން ހާމަކުރި ގޮތުގައި މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ 31 މާރިޗު 2026 ގެ ކުރިން ޕްރޮމޯޝަނުގައި އެންރޯލްކޮށް 30 ޖޫން 2026 ގެ ނިޔަލަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރި ޕްރީޕެއިޑް ކަސްޓަމަރުންނާއި 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ކަސްޓަމަރުންނާއި ލިމިޓެއް ނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނެވެ. މީގެ އިތުރުން ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީ ކުރި ކަސްޓަމަރުންނަށް ވެސް ފުރުޞަތު ލިބިފައިވެއެވެ.


ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.