Newscast
ދީން

ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ

ލިޔުނީ: Mohamed Ahmed 07 Jul 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
ޤުރުއާން މަރުކަޒު.. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަރުކާރުގެ ހަރަދުގައި ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު އނަްނަ ހުކުރުދުވަހު ހުޅުވުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒުގެ މަސައްކަތް ނިމި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ. މަރުކަޒު ހުޅުވުމާއެކު އެތަނުގައި ޤުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމްތައް ފުވައްމުލައް ސިޓީގައި އިތުރުކުރާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުދައްރިސުންވެސް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ހަރަދުގައި ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު އނަްނަ ހުކުރުދުވަހު ހުޅުވުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒުގެ މަސައްކަތް ނިމި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ. މަރުކަޒު ހުޅުވުމާއެކު އެތަނުގައި ޤުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމްތައް ފުވައްމުލައް ސިޓީގައި އިތުރުކުރާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުދައްރިސުންވެސް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

Uploaded image

ފުވައްމުލައް ސިޓީގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ދެން އެންމެ ފާަހަގަކޮށްލެވެނީ އިސްލާމިކް ސެންޓަރުގެ މަސައްކަތެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމިކް ސެންޓަރ ޑިޒައިންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޑިޒައިނާމެދު ފުވައްމުލައް ސިޓީ ކައުންސިލުން ދެކޭގޮތް ބެލުމަށް ލިޔުމުން އެކަން ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިސްލާމިކް ސެންޓަރު ނިމުމުން އެތަން ބަދަލުކުރުމަށް ނިންމާފައިވަނީ ގުރުއާން މަރުކަޒަށެވެ. އަދި އެއަށްފަހު ޤުރުއާން މަރުކަޒު ބަދަލުވެގެންދާނީ ވަގްފް އިމާރާތަކަށެވެ. އަދި އެ މަރުކަޒުން ލިބޭ ފައިސާ ފުވައްމުލައް ސިޓީގެ ދީނީ ކަންކަމަށް ހަރަދު ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ލިޔުންތެރިޔާ

Mohamed Ahmed

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.