Newscast
ރިޕޯޓް

ޝަހީދު ޙުސައިން ޢާދަމް- ނަމޫނާ ދިވެހި ދަރިއެއް

ލިޔުނީ: އަހުމަދު އާހިލް ސައީދު 09 Jul 2026
ޝަހީދު ޙުސައިން ޢާދަމް- ނަމޫނާ ދިވެހި ދަރިއެއް
ޝަހީދު ހުސައިން އާދަމް

އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ ކޯޕްރަލް ޙުސައިން ޢާދަމްގެ ނަމަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު، ދިވެހިންގެ ހިތްތަކުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އެ ހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލެޔަކީ މި ދިވެހި ފަސްގަނޑުން ފޮހެވިގެންދާނެ ލެޔެއް ނޫނެވެ. އެ ގުރުބާނީގެ ވާހަކަތަކަކީ ހަމަ ޔަގީނުން ވެސް ހަނދާނުން ފުހެވިގެންދާނެ ވާހަކަތަކެއް ނޫނެވެ. އެކުރެއްވި ހިތްވަރަކީ، ސިފަވަންތަ ޖެހިލުންކުޑަ، މާތް ހިތްވަރެކެވެ. އެ ވެދެއްވި ގުރުބާނީއަކީ މުޅި ދީބު ދާއިމަށް ޝުކުރުވެރި ވާންޖެހޭފަދަ، މަތިވެރި ގުރުބާނީއެކެވެ. 1988 ނޮވެމްބަރ 3 ގައި މި ޤައުމަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ޖިހާދެއް ކުރެއްވީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ކޯޕްރަލް ޙުސައިން ޢާދަމެވެ. މިއީ ހިތްވަރާއި، ހިންމަތާއި، ތެދުވެރިކަމާއި، ގައުމީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ. 

އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ ކޯޕްރަލް ޙުސައިން ޢާދަމްގެ ނަމަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު، ދިވެހިންގެ ހިތްތަކުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އެ ހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލެޔަކީ މި ދިވެހި ފަސްގަނޑުން ފޮހެވިގެންދާނެ ލެޔެއް ނޫނެވެ. އެ ގުރުބާނީގެ ވާހަކަތަކަކީ ހަމަ ޔަގީނުން ވެސް ހަނދާނުން ފުހެވިގެންދާނެ ވާހަކަތަކެއް ނޫނެވެ. އެކުރެއްވި ހިތްވަރަކީ، ސިފަވަންތަ ޖެހިލުންކުޑަ، މާތް ހިތްވަރެކެވެ. އެ ވެދެއްވި ގުރުބާނީއަކީ މުޅި ދީބު ދާއިމަށް ޝުކުރުވެރި ވާންޖެހޭފަދަ، މަތިވެރި ގުރުބާނީއެކެވެ. 1988 ނޮވެމްބަރ 3 ގައި މި ޤައުމަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ޖިހާދެއް ކުރެއްވީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ކޯޕްރަލް ޙުސައިން ޢާދަމެވެ. މިއީ ހިތްވަރާއި، ހިންމަތާއި، ތެދުވެރިކަމާއި، ގައުމީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ. 

ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ، މާވާ ގޭގައެވެ. މިއީ އެރަށު އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަނަށް ލިބިވަޑައިގެންނެވި މަޑުމައިތިރި، ހިތްވަރުގަދަ ދަރިއެކެވެ. އުޅުމާއި އަޚްލާޤު ރަނގަޅު، ސާދާ މިޒާޖެއްގެ ވެރިއެކެެވެ. 5 ފޫޓު 4 އިންޗީގެ އިސްކޮޅެއްގެ ވެރި، ރޫފަ ރަނގަޅު، ބުރުސޫރަ ރިވެތި ޒުވާނެކެވެ. ކޮމާންޑަށް ފުރިހަމަ އަށް ކިޔަމަންވުމާއި، ގަޑިއަށް ފަރުވާތެރި ވުމަކީ މަތިވެރި ގައުމީ ހިދުމަތެއްކަމަށް ދެކިގެން އުޅުން، އިހުލާސްތެރި ސިފައިންގެ މީހެކެވެ. ގައުމީ ލޯތްބާއި، ގައުމީ ރޫހުން ފުރިގެންވި، ނާރުތަކުގައި ދިވެހި ލޭ ހިނގާ، ނޫކަށިފުރައިގެ ނަމޫނާ ޒުވާނެކެވެ.

ޝަހީދު ހުސައިން އާދަމް ތައުލީމު ހާސިލުކުރީ ހދ. ކުޅުދުއްފުށީ އަމީރު އަމީން ސުކޫލުންނެވެ. މި ދައުރުގެ ތެރޭގައި ކަސްރަތާއި ޖިމްނާސްޓިކްގެ ހަރަކާތްތަކުގަޔާއި، ކެޑޭޓު ހަރަކާތްތަކުގައިވެސް ހުސައިން އާދަމް ވަނީ ހަރަކާތްތެރި ވެފައެވެ. ކުޑައިރު ހުސައިން ބޭނުންވީ ބޯޓު ދަތުރުކުރާ މީހަކަށްވުމަށެވެ. ނަމަވެސް 1980 ވަނަ އަަހަރު، އަމީރު އަމީން ސްކޫލުގެ ދަރިވަރުން ހދ. ކުމުންދޫއަށް ކުރި ދަތުރުގެ ތެރެއިން ސިފައިންގެއަށް ވަނުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެ ފުރުސަތުގައި ސިފައިންގެއަށް ވަނުމަށް ހޮވާލެވުނު 10 ކުދިންގެ ތެރެއިން، ވަޒީފާއަށް ހޮވުނު 8 ކުދިންގެ ތެރޭގައި ހުސައިން އާދަމް ހިމެނުނެވެ. އޭގެ ތެރޭގައި އުމުރާއި އިސްކޮޅާއި ރޫފައަށް ބަލާއިރު އެންމެ ކުޑަކޮށް ހުރީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.  

އުމުރުން އެންމެ 16 އަހަރުގައި ސިފައިންގެ ހިދުމަތާއި ގުޅި، 1984  ވަނަ އަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު، 856 ވަނަ ސާވިސް ނަންބަރުގެ ދަށުން، ހުސައިން އާދަމް ޚިދުމަތްކުރަން ފެށިއެވެ. އެއަށްފަހު 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ، ގިރިފުށީގައި ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރިއެވެ. ފުރަތަމަ ފަހަރަށް ބަޑިއެއް ޖަހަން ހުސައިންއަށް ފުރުސަތު ލިބުނީ މި ތަމްރީނުގެ ތެރެއިންނެވެެ. 1885 ވަނަ އަހަރު، އެ ތަމްރީނުގެ ތެރެއިން، އަމާޒަށް ބަޑިޖަހަން ތަމްރީނުކުރަން ލިބުނު 6 ވަޒަނުން 4 ވަޒަން ސީދާ އަމާޒަށް އޭނާ ޖެހިއެވެ. އެހެން ތަމްރީނެއްގެ ތެރެއިން 2 ވަނަ ފަހަރަށް ބަޑިޖަހަން އޭގެ އަހަރެއްފަހުން ލިބުނު ފުރުސަތުގައި، ލިބުނު 3 ވަޒަންވެސް ސީދާ އަމާޒަށް ޖަހާފައިވެއެވެ. ސިފައިންގެ ތަމްރީނުގެ ތެރޭގަޔާއި، ސިފައިންގޭގައި ދިމާވި ކަންކަމާއި، ބަޑީގެ ބާވަތްތަކާއި، ވަޒަނުގެ މައުލޫމާތުފަދަ ތަމްރީނުގެ ބޭނުމަށް އެއްކޮށްފައިވާ މައުލޫމާތުތައް ފޮތެއްގައި ހުސައިން ލިޔެފައިވެއެވެ. އަދި އެކި ފަރާތްތަކަށް ފޮނުއްވި ސިޓީތަކާއި، ހާއްސަ ދުވަސްތައް ވެސް ލިޔެފައިވެއެވެ. އޭނާއަކީ ސިފައިންގެ ގައުމީ ވާޖިބު ނުހަނު ޝައުގުވެރިކަމާއި އަދާކުރަމުން ދިޔަ ޒުވާނެއްކަންް އެފޮތުގައިވާ މައުލޫމާތުތަކުން ހާމަވެއެވެ. 

ހުސައިން އާދަމް ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 ން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯހުގައެވެ. ހަނގުރާމައިގެ މައިދާނުގައި ވަތަނަށްޓަކައި ޝަހީދުވެދިޔުމުގެ ކުރިން، ސިފައިންގެ ޙިދުމަތުގައި 4 އަހަރާއި 5 މަހާއި 24 ދުވަސް ހޭދަކުރެއްވިއެވެ. ހުސައިން އާދަމް ޝަހީދުވެދިޔައިރު، އުމުރަކީ ހަމަ އެންމެ 20   އަހަރެވެ. އެހެންކަމުން، މި ގުރުބާނީގެ އަގު ވަޒަންކުރުމުގެ މަގުސަދުގައި ނަސްރުގެ ދުވަސް ނިސްބަތްކުރެވެނީ ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމްއަށެވެ. 

ސިފައިންގެ ހިދުމަތުގައި ހޭދަކުރި މަދު އަހަރުތަކުގެ ތެރޭގައި ވެސް ޝަހީދު ޙުސައިން ޢާދަމަށް އެތަށް ކާމިޔާބީތަކެއް ލިބިފައިވެއެވެ. އެގޮތުން 13 މާރޗް 1985 އިން 13 މާރޗް 1986 އަށް ގަޑިއެއް ނުޖެހި، ސަލާމެއް ނުބުނެ، މައްސަލައެއް ދިމާނުވެ، ޑިއުޓީއަށް ހާޒިރުވެފައިވުމުން، އެކަމުގެ އިނާމު 6 ޖޫން 1986 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ. 13 މާރޗް 1986 އިން 13 މާރޗް 1987 އަށް ޕެރޭޑް ހާޟިރީން އެންމެ ރަނގަޅު ސިފައިންގެ ތެރެއިން ހޮވި، އެކަމުގެ އިނާމް ވެސް 6 ޖޫން 1987 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ. އަދި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990 ވަނަ އަހަރު ޝަހީދު ޙުސައިން އާދަމްގެ ހަނދާނަށް ވަނީ އަރުވާފައެވެެ. 4 ނޮވެމްބަރުގައި ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލް އެއްގެ މަގާމަށް، ޑަބަލް ޕްރޮމޯޝަން ވެސް ލިބިފައިވެއެވެ. މީގެ އިތުރުން އޭނާ ޝަހީދުވުމުގެ އަގުވަޒަން ކުރުމުގެ ގޮތުން މެޑަލް ފޯރ އެކްސެޕްޝަނަލް ބްރޭވަރީ، ޖިހާދުގެ ރަތްމެޑަލް، ހުރަވީ މެޑަލް އަދި 3 ނޮވެމްބަރުގެ މެޑަލް ވެސް އަރުވާފައިވެއެވެެ. އަދި ކޯޕްރަލް ޙުސައިން ޢާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ “ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް” ގެ ނަމުގައި އިމާރާތެއް ވެސް ބިނާކޮށްފައެވެ.

ބަޑި ބުރާސްފަތީގެ ގޮތުގައި މަޝްހޫރުވެފައިވާ، ބުރާސްފައްޗަކީ ދިވެހި ގައުމަށް ގައްދާރުވި ދިވެހިންތަކަކާ ގުޅިގެން، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ''ޕްލޯޓް'' ޖަމާއަތުގެ 80 ކުލީ ސިފައިންނާއެކު ރާއްޖެ އަރައި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ފޭރިގަތުމަށް އުދުވާނީ ހަމަލާއެއް ރައްދުވި ބިރުވެރި ދުވަހެކެވެ. ފަތިހުގެ ވަގުތެއްގައި މާލެ އަރާ މި ޢުދުވާނީ ހަމަލާ މިޤައުމަށް ކުރިމަތި ކުރި ވަގުތު، ޙުސައިން އާދަމް ހުރީ ސިފައިންގޭގެ ބޭރު ދޮރާށީގެ ހުޅަނގުފަރާތުގައި ޑިއުޓީއަށެވެ. 

ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ އަމާޒުވީ ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަ ކޮށްޓަށެވެެ. ޓެރަރިސްޓުންގެ ފުރަތަމަ ހަމަލާ ދޭއިރަށް، ކުޅަދާނަކަމާއިއެކު، ޙުސައިން ޢާދަމް އޭގެ ރައްދު، އެވަޒަން އައި ދިމާލަށް ދޫކޮށްލިއެވެ. މި ވަރުގަދަ ރައްދު ޙަމަލާ ވެގެންދިޔައީ ދުޝްމަނުން ސިއްސުވާލާ، ހިތުގައި ބިރުވެރިކަމާއި ހާސްކަން އުފައްދައިލި ޙަމަލާއަކަށެވެ. އެމީހުންގެ ރޭވުމަށް ޖެހުނު ބޮޑު ގޮންޖެހުމަކަށެވެ. ހުސައިންގެ އެ ހަމަލާއާއި އެކު މުޅި ސިފައިންގެ ހޭލައްވާލިއެވެ. ސިފައިން ތައްޔާރީ ހާލަތަކަށް އަންނަންދެން، ޒުވާންކަމުގެ ޖޯޝުގައި، ދީނާ ގައުމަށްޓަކައި ދެގޮތެއްނުވެ ދުޝްމަނުންނަށް ހަމަލާ ދެމުން ގެެންދިޔައެވެ. އެހެންކަމުން، ސިފައިންގެތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި، ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނީ ކުޅަދާނަ ޙުސައިން ޢާދަމް ގެ ސަބަބުންނެވެ.  ބަޑިއެއްގެ ބޭނުންކުރަން ލިބުނު 3 ވަނަ މި ފުރުސަތުގައި ރޭވުންތެރިކަމާއިއެކު ހަމަލާދެމުންދިޔައެވެެ. އަތުގައި އޮތް އޭކޭ 47 ބަޑިން، އެންމެ 60 ވަޒަނުން، ދުޝްމަނުންގެ ލަޝްކަރު ފަހަތަށް ޖައްސުވާލީ ހުށިޔާރުކަމާއިއެކު އެންމެ ވަޒަނެއް ވެސް ބޭކާރު ނުވާނޭ ގޮތުންނެވެ. ބުއްދިވެރިކަމާއި، ވިސްނުންތޫނުކަމުގެ ލާމަސީލެއް ނޫންތޯއެވެ؟

އެތަނުން ސަލާމަތްވެ، ސިފައިންގެ އެތެރެއަށް ވަނުމުގެ ފުރުސަތު ހުސައިންއަށް ލިބުނެވެ. ނަމަވެސް އަމިއްލަ ފުރާނައަށްވުރެ ގައުމުު އިސްކޮށް، ހުސައިން ނިންމީ ޖިހާދުގެ ކަމަރު ބަނދެލާ ރައްދު ހަމަލާދިނުމުގައި ދެމިހުރުމަށެވެ. ވިސްނުންތެރިކަމާއިއެކު ހަމަލާދެމުން، އެތެރޭގައި ތިބި ސިފައިންނަށް ބޭރުގައި ހިނގާކަންކަމުގެ މައުލޫމާތުތައް ދެމުންވެސް ދިޔައީ މި ކުޅަދާނަ ޒުވާނެވެ.

މާލަސްތަކެއް ނުވެ ޙުސައިން ޢާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެކަމަކު އެ ހާލަތުގައި ވެސް، އޭނާ ގޮވަމުންދިޔައީ އިތުރަށް ވަޒަން ގެނެސް ދިނުމަށެވެ. އޭރުވެސް ހުރީ އެވަރުގަދަ އަޒުމަށް ބަދަލެއް ނައިސް މަތިވެރި އަޒުމުގައެވެ. ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި އަނިޔާވެރި ވަޒަންތަކުގެ ސަބަބުން، ޙުސައިން ޢާދަމްގެ މެޔާއި ހަށިގަނޑު އެކި ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު މިފަސްގަނޑު ދޫކޮށް، ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، މުޅި ދީބު ފަޚުރުވެރިކޮށްދެމުން، ހަނގުރާމައިގެ މައިދާނުގައި ހުސައިން އާދަމް ޝަހީދުވިއެވެ. 

ހުސައިން އާދަމްގެ ހަށިގަނޑު ފަސްދާނުލެވިފައިވަނީ މާލޭގެ ހެންވޭރު ސަހަރާގައެވެ. ކޯޕްރަލް ހުސައިން އާދަމްގެ މި މަތިވެރި ގުރުބާނީގެ އަގު އަދާކޮށްދީ، އެހަނދާން އާކޮށް، އެ ގުރުބާނިއަށް ތާއަބަދު ކުރުނީސްކުރަންޖެހެއެވެ. އޭނާ ޝަހީދުވެގެން އެދިޔައީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ. މިލޮބުވެތި ވަޠަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ އުދުވާނީ ހަމަލާގައި، އޭނާ ކޮށްފައިވާ ސިފައިންގެ ހުވަޔަށް އިހުލާސްތެރިކަމާއިއެކު ހަނގުރާމަކޮށް، ގައުމުގެ ބަޠަލެއްގެ ޝަރަފުވެރިކަމާއިގެންނެވެ. ހުރިހާ ދިވެހި ދަރިންނަށް ވެސް ފުރިހަމަ ނަމޫނާއެއް ދައްކައިދެމުންނެވެ. އިބުރަތްތެރި ފިލާވަޅުތަކެއް ދޫކޮށްދެމުންނެވެ. ތެދުވެރިކަމާއި، ހިތްވަރުގަދަކަމާއި، ގައުމީ ލޯބީގެ ރަމްޒު ދައްކައިދެމުންނެވެ. މިނިވަން ވައި ބީހެމުންދިޔަ ދިވެހި ދިދަ، އެގޮތުގައި ހިމާޔަތްކޮށްދެމުންނެވެ. މާތް ރަސްކަލާނގެ ޝަހީދު ޙުސައިން ޢާދަމްގެ އަގުހުރި ފުރާނައަށް ބަރަކާތް ލައްވައި، ސުވަރުގޭގެ މާތް ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. 

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.