ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭ ގޮތުން އޮސްޓްރޭލިއާއާ އެކު މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު ތާރީޚެއް އޮންނަ ގުޅުމަށް ރިޢާޔަތްކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތާއި ތަޙުޤީޤީ ދާއިރާއިން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މެދުވެރިކޮށް ދިވެހި ފުލުހުންނަށް ލިބެމުން އަންނަ ތަމްރީނާއި ވަސީލަތްތަކާއި ފަންނީ އެހީތެރިކަމުގެ މައްޗަށް ދެ ފަރާތުން އަލިއަޅުއްވައިލެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އަދި ކޮލަމްބޯގައި ހުންނަވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ސީނިއަރ ލިއޭޒަން އޮފިސަރ ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންގހޯން އާ މިއަދު ބައްދަލުކުރައްވައި ދެ ޤައުމުގެ ފުލުހުންގެ އެއްބާރުލުން ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަދައްކަވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު ތާރީޚެއް އޮންނަ ގުޅުމަށް ރިޢާޔަތްކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތާއި ތަޙުޤީޤީ ދާއިރާއިން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މެދުވެރިކޮށް ދިވެހި ފުލުހުންނަށް ލިބެމުން އަންނަ ތަމްރީނާއި ވަސީލަތްތަކާއި ފަންނީ އެހީތެރިކަމުގެ މައްޗަށް ދެ ފަރާތުން އަލިއަޅުއްވައިލެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާ ގުޅިގެން ހިންގެވިދާނެ އައު ހަރަކާތްތަކާއި ތަމްރީނު ފުރުޞަތުތައް އިތުރަށް ތަނަވަސްކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ދާދިފަހުން ޗައިނާގެ ސަފީރާވެސް ބައްދަލުކުރައްވާފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް