ކުރީގެ ރައީސް ސާލިހް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އެމަނިކުފާނު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ދިވެހި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ދިވެހި ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ދިވެހި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
މީގެ އިތުރުން ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް ރުކުނެއް ކަމުގައި ރައީސް ސާލިހް ފާހަގަކުރެއްވީ ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމެވެ.
މިނިވަން ދުވަހާ ގުޅިގެން ސިޔާސީ އެކި ލީޑަރުން ގެންދަވަނީ ތަހުނިޔާގެ މެސެޖުތައް ހިއްސާކުރައްވަމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް