އީރާނުން ހަނގުރާމަ ކާމިޔާބުކޮށްފި ކަމަށް ޤާލީބާފް ވިދާޅުވެއްޖެ
އީރާނުގެ ޕާލިމެންޓުގެ ރައީސް އަދި އެ ޤައުމުގެ އިސް މުޝީރު މުޙައްމަދު ބާޤިރު ޤާލީބާފް މިއަދު ވިދާޅުވީ އީރާނުން ހަނގުރާމައިގައި ކާމިޔާބު ހޯދައިފި ކަމަށާއި ނަމަވެސް އެ ކާމިޔާބީ ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރަންޖެހޭ ކަމަށެވެ.
އީރާނުން ހަނގުރާމަ ކާމިޔާބުކޮށްފި ކަމަށް ޤާލީބާފް ވިދާޅުވެއްޖެއެވެ.
އީރާނުގެ ޕާލިމެންޓުގެ ރައީސް އަދި އެ ޤައުމުގެ އިސް މުޝީރު މުޙައްމަދު ބާޤިރު ޤާލީބާފް މިއަދު ވިދާޅުވީ އީރާނުން ހަނގުރާމައިގައި ކާމިޔާބު ހޯދައިފި ކަމަށާއި ނަމަވެސް އެ ކާމިޔާބީ ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރަންޖެހޭ ކަމަށެވެ.
އީރާނުގެ ޕާލިމެންޓުގެ ކޯޑިނޭޝަން ކައުންސިލްގައި ވާހަކަ ދައްކަވަމުން ޤާލީބާފް ފާހަގަކުރެއްވީ ޤައުމުގެ ރައްޔިތުންގެ ކިބައިގައި އުޖާލާ މުސްތަޤުބަލަކަށް އުންމީދު ދެމެހެއްޓުމުގެ މުހިންމުކަމެވެ.
މީގެ އިތުރުން ބާރުގަދަ އީރާނެއް ބިނާކުރުމުގެ ކޮންމެ މަސައްކަތެއްވެސް ފެށެންޖެހެނީ އެ ޤައުމުގެ ރޫޙާނީ ލީޑަރުގެ ހިންގުމުގެ ބާރާއި ޤާބިލުކަން ފުޅާކުރުމުގެ ތެރެއިން ކަމަށް ޤާލީބާފް ބާރުއެޅުއްވިއެވެ. އީރާނުގެ އޮފިޝަލުންގެ އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚަބަރު ރިޕޯޓުކޮށްފައިވަނީ އީރާނުގެ ސެމީ-އޮފިޝަލް ޚަބަރު އެޖެންސީ ތަސްނީމް އިންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް