އިސްރާއީލުގެ ދެ ރައްޔިތަކު ޣައިރުޤާނޫނީ ގޮތެއްގައި ސީރިއާއަށް ހުރަސްކޮށްފި
އަސްކަރިއްޔާއިން ބުނީ ސިފައިން އެ ސަރަޙައްދަށް ގޮސް އެ ދެ މީހުން ހޯދައި އަނބުރާ ޤައުމަށް ގެނެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއަށްފަހު ދެ މީހުން ވަނީ އިތުރު ތަޙުޤީޤަށް ފުލުހުންނާ ހަވާލުކޮށްފައެވެ.
އިސްރާއީލުގެ ދެ ރައްޔިތަކު ހަރްމޮން ސަރަޙައްދުން ބޯޑަރު ހުރަސްކޮށް ސީރިއާގެ ފަސްގަނޑަށް ޣައިރުޤާނޫނީ ގޮތެއްގައި ވަދެއްޖެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އަސްކަރިއްޔާއިން ބުނީ ސިފައިން އެ ސަރަޙައްދަށް ގޮސް އެ ދެ މީހުން ހޯދައި އަނބުރާ ޤައުމަށް ގެނެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއަށްފަހު ދެ މީހުން ވަނީ އިތުރު ތަޙުޤީޤަށް ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ޙާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ "މި ޙާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށާއި މިކަމަކީ "އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ސިފައިންގެ ސެކިއުރިޓީއަށް ނުރައްކާ ވެ އޮޕަރޭޝަނަލް ޙަރަކާތްތަކަށް ބޮޑެތި ހުރަސްތައް އެޅޭ ފަދަ ސީރިއަސް ޢަމަލެއް" ކަމަށެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ސީރިއާގެ ދެކުނުގައި އިސްރާއީލުގެ ސެޓްލްމެންޓްތައް ޤާއިމުކުރުމަށް ވަކާލާތުކުރާ ސެޓްލްމެންޓް އެކްޓިވިސްޓުންނެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާނީ އިސްރާއީލުގެ ފުލުހުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް