Newscast
ކުޅިވަރު

އައްސޭރިން ފަސޭހަކަމާއެކު ޔުނައިޓެޑް ރޯޔަލްސް ބަލިކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 08 Jul 2026
އައްސޭރިން ފަސޭހަކަމާއެކު ޔުނައިޓެޑް ރޯޔަލްސް ބަލިކޮށްފި
އައްސޭރި އާއި ޔުނައިޓެޑް ރޯޔަލްސް ބައްދަލުކުރިމެޗްގެ ތެރެއިން..

ކުޑަހުވަދޫ އަކިރެއިރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗުގައި އައްސޭރި ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އައްސޭރީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ.

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ ބޮޑު ޢީދު ފުޓްސަލް ޗެލެންޖގައި ރޭ އައްސޭރި ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ރޯޔަލްސް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އައްސޭރި ކާމިޔާބުކޮށްފިއެވެ.

ކުޑަހުވަދޫ އަކިރެއިރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗުގައި އައްސޭރި ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އައްސޭރީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ.

މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ހެޓްރިކް ހެދި ރައްޔާން ބިން އިސްމާޢީލް ޢާދިލެވެ. މެޗްގައި ރައްޔާން ތިން ގޯލް ޖެހިއިރު، ލޫތް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. އައްސޭރިއަށް ދެން ގޯލްތައް ޖަހައިދިނީ އިބްރާހީމް ރަޝާދު، ލަޔާން ޢަބްދުﷲ އަދި ޒަލަފެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގު ކުރީ ހެޓްރިކް ހެދި ރައްޔާން ބިން އިސްމާޢީލް ޢާދިލެވެ.

މި ނަތީޖާއާ އެކު ގްރޫޕް 1 ގެ ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި އޮތް އައްސޭރި އެސްސީއަށް ލިބުނު މި މޮޅާ އެކު ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް ރޯޔަލްސް އަށް ތިން މެޗުން ވެސް ޕޮއިންޓެއް ނުހޯދި، އޮތީ ތާވަލްގެ އެންމެ ފުލުގައެވެ.

މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާއިރު، ގްރޫޕްގެ ކުރީގައި ނުވަ ޕޮއިންޓާ އެކު ރޯޔަލްސް ސިޓީ އޮތްއިރު، ހަ ޕޮއިންޓާ އެކު މައިދާން އެސްސީ އޮތީ ދެވަނައިގައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.