Newscast
ކުޅިވަރު

ލެބްރޯން ޖޭމްސް ލޭކާސް ދޫކޮށް ފިލަޑެލްފިއާ ސެވެންޓީ ސިކްސާސްއާ ގުޅެނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 25 Jul 2026
ލެބްރޯން ޖޭމްސް ލޭކާސް ދޫކޮށް ފިލަޑެލްފިއާ ސެވެންޓީ ސިކްސާސްއާ ގުޅެނީ
ލެބްރޯން ޖޭމްސް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ޢުމުރުން 41 އަހަރުގެ ޖޭމްސް ބުނީ މިއީ އޭނާގެ ކެރިއަރުގައި ނިންމާ "އެންމެ ފަހު ނިންމުން" ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނި ކަމަށެވެ. ޖޭމްސް 23 ވަނަ އެން.ބީ.އޭ. ސީޒަން ނިމުނު އިރު އެއީ އެންމެ ފަހު ކުޅުން ކަމަށް ޤަބޫލުކުރެވުނު ކަމަށް އޭނާ ހާމަކުރިއެވެ.

އެން.ބީ.އޭ.ގެ ތާރީޚުގައި އެންމެ ވިދައި ބެބުޅުނު އެއް ކުޅުންތެރިޔާ ލެބްރޯން ޖޭމްސް ލޮސް އެންޖެލެސް ލޭކާސް ދޫކޮށް ފިލަޑެލްފިއާ ސެވެންޓީ ސިކްސާސްއާ ގުޅާކަން ހުކުރު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އިޢުލާންކޮށްފިއެވެ.

ޢުމުރުން 41 އަހަރުގެ ޖޭމްސް ބުނީ މިއީ އޭނާގެ ކެރިއަރުގައި ނިންމާ "އެންމެ ފަހު ނިންމުން" ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނި ކަމަށެވެ. ޖޭމްސް 23 ވަނަ އެން.ބީ.އޭ. ސީޒަން ނިމުނު އިރު އެއީ އެންމެ ފަހު ކުޅުން ކަމަށް ޤަބޫލުކުރެވުނު ކަމަށް އޭނާ ހާމަކުރިއެވެ.

"އެ ފަހު ޕްރެސް ކޮންފަރެންސްގައި ތެދުތެދަށް ބުނިން އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާލައި މި ކުޅިވަރު ދެކެ އަދިވެސް ލޯބިވޭތޯ ކަނޑައަޅަން ޖެހޭ ކަމަށް. އަހަރެން އަދިވެސް ހަޤީޤަތުގައި މި ކުޅިވަރު ދެކެ ލޯބިވޭ އަދި ދެވޭނެ އެއްޗެހި އެބަހުރި" ޖޭމްސް ލިޔެފައިވެއެވެ.

ސެވެންޓީ ސިކްސާސްއަށް ޗެމްޕިއަންޝިޕް ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޖޭމްސް ބުންޏެވެ. "ފައިސާއަކަށް ނޫން. ޢާއިލާއަކަށް ނޫން. މި ހިސާބަށް އައިސް ހަޤީޤަތުގައި ކުޅެނީ ކީއްކުރަންތޯ އަދިވެސް ޤުރުބާންވާން ބޭނުން. އަދިވެސް މަސައްކަތް ކުރަން ބޭނުން. އަދިވެސް ވާދަކޮށް މޮޅުވެ މޮޅުވުމުގެ އިޙުސާސް ލިބުމުގެ ފުރުސަތު ބޭނުން" ޖޭމްސް ލިޔެފައިވެއެވެ.

އީ.އެސް.ޕީ.އެން. ރިޕޯޓްކުރާ ގޮތުގައި ޖޭމްސް ސެވެންޓީ ސިކްސާސްއާ ގުޅެނީ ދެ އަހަރުގެ 8 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައެވެ. ފާއިތުވި ސީޒަނުގައި އޭނާއަށް ގާތްގަނޑަކަށް 53 މިލިއަން ޑޮލަރު ލިބުނެވެ. ސެވެންޓީ ސިކްސާސްއިން އެންމެ ފަހުން ޗެމްޕިއަންޝިޕް ހޯދީ 1983 ވަނަ އަހަރު ކަމަށް ވާއިރު 2001 ވަނަ އަހަރުގެ ފަހުން އީސްޓާން ކޮންފަރެންސް ޕްލޭއޮފްގެ ދެ ވަނަ ބުރު ފަހަނައެޅެވިފައެއް ނުވެއެވެ. ޖޭމްސް ގުޅޭ މި ޓީމުގައި އޯލް-ސްޓާރުން ކަމަށްވާ ޖ೮އެލް އެމްބީޑް ޓައިރީސް މެކްސީ އަދި ސެލްޓިކްސް އިން ބަދަލުކޮށްގެން ގެނައި ޖެއިލެން ބްރައުން ހިމެނެއެވެ.

ކުޅިވަރު ލެބްރޯން ޖޭމްސް

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.