އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށް އުރުދުންއާ އދ. ގުޅިއްޖެ
މި ބައްދަލުވުމުގައި ސަރަޙައްދީ ނުރައްކާތެރި ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ނަތީޖާތަކާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ސަލާމަތީ ބެލެހެއްޓުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އުރުދުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ނުތަނަވަސްކަމުގެ ހުރިހާ ސަބަބުތަކަށް ޙައްލެއް ހޯދައި ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތަށް ހުރުމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރެވޭ ފުރިހަމަ ޙައްލެއް ހޯދުމަށް ވާހަކަތައް އަލުން ފެށުމުގެ މުހިންމުކަންވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އެމެރިކާއާ އީރާނާ ދެމެދު ޤާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އިޙުތިރާމްކުރުމުގެ މުހިންމުކަން ފާހަގަކޮށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ޞަފަދީއާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނއޯ ގުޓެރެސް ހޯމަ ދުވަހު ޢައްމާނުގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސަރަޙައްދީ ނުރައްކާތެރި ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ނަތީޖާތަކާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ސަލާމަތީ ބެލެހެއްޓުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އުރުދުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ނުތަނަވަސްކަމުގެ ހުރިހާ ސަބަބުތަކަށް ޙައްލެއް ހޯދައި ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތަށް ހުރުމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރެވޭ ފުރިހަމަ ޙައްލެއް ހޯދުމަށް ވާހަކަތައް އަލުން ފެށުމުގެ މުހިންމުކަންވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ޣައްޒާގެ މައްސަލައިގައި ވާހަކަދައްކަވަމުން ވަޒީރު ޞަފަދީ ވަނީ ޓްރަމްޕުގެ ޞުލްޙައިގެ ޕްލޭނުގައި ހިމެނޭ ހުރިހާ ނުކުތާއެއް ތަންފީޒުކުރުމަށާއި ޣައްޒާއަށް އެކަށީގެންވާ އިންސާނީ އެހީ ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައްވައިފައެވެ. ޣައްޒާގައި އިންސާނީ ކާރިސާ ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްސަލައާ ގުޅޭ ގޮތުން ޞަފަދީ ވިދާޅުވީ އިސްތިޢުމާރު ދެމެހެއްޓުމާއި ހަމަނުޖެހުމާއި ހަނގުރާމަ އިތުރުކުރުވައި ޢަދުލުވެރި ފުރިހަމަ ޞުލްޙައެއް ޙާސިލުކުރުމުގެ ފުރުސަތު ނެތިކޮށްލާ އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ލާޒިމު ކަމަށެވެ.
ހުކުރު ދުވަހުން ފެށިގެން ސަރަޙައްދުގައި ވަނީ މަޑުމައިތިރި ހާލަތެއް ޤާއިމުވެފައެވެ. އެމެރިކާއިން އީރާނަށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑާލައިފައިވާ އިރު ޖެހިޖެހިގެން ހަތަރުވަނަ ދުވަހު ވެސް އީރާނުން އުރުދުންއާ ގަލްފު ޤައުމުތަކަށް ރައްދު ޙަމަލާ ދިނުން ހުއްޓާލައިފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް