އިސްރާއީލުގެ ދެކޮޅުހެދުމާ އެކުވެސް ވެސްޓް ބޭންކާއި ލުބުނާނުގެ ތަންތަން ޔުނެސްކޯ ލިސްޓަށް
ދެކުނު ކޮރެއާގައި ހުކުރު ދުވަހު ބޭއްވި ޔުނެސްކޯ ބައްދަލުވުމުގައި މި ނިންމުން ނިންމީ އެ ހުށަހެޅުންތައް ބޭރުކޮށްލުމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކޮމިޓީއަށް ގޮވައިލިތާ ދުވަސްކޮޅެއް ފަހުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ރިޢާޔަތްކޮށް ކުއްލި ޙާލަތެއްގެ ގޮތުގައި އެ ނޮމިނޭޝަންތައް ދިރާސާކުރެވުނެވެ.
ފަލަސްޠީނުގެ ވެސްޓް ބޭންކުގައި އޮންނަ އާސާރީ ސަރަޙައްދަކާއި ލުބުނާނުގެ ދެކުނުގައި ހުރި ކިއްލާތަކެއް އިސްރާއީލުން އިޢުތިރާޟުކުރި ނަމަވެސް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމަނައިފިއެވެ.
ދެކުނު ކޮރެއާގައި ހުކުރު ދުވަހު ބޭއްވި ޔުނެސްކޯ ބައްދަލުވުމުގައި މި ނިންމުން ނިންމީ އެ ހުށަހެޅުންތައް ބޭރުކޮށްލުމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކޮމިޓީއަށް ގޮވައިލިތާ ދުވަސްކޮޅެއް ފަހުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ރިޢާޔަތްކޮށް ކުއްލި ޙާލަތެއްގެ ގޮތުގައި އެ ނޮމިނޭޝަންތައް ދިރާސާކުރެވުނެވެ.
ޔުނެސްކޯ ކޮމިޓީން ވޯލްޑް ހެރިޓޭޖް ލިސްޓުގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ތަރިކައިގެ ލިސްޓުގައިވެސް މި ދެ ތަން ހިމެނިއެވެ. އެއީ ވެސްޓް ބޭންކުގެ ނާބުލުސް ކައިރީގައި އޮންނަ ސެބެސްޓިއާ އާއި ލުބުނާނުގެ މައުންޓް ޢާމިލް ސަރަޙައްދުގައި ހުރި ފަސް ކިއްލާއެކެވެ.
ސެބެސްޓިއާ އާ ބެހޭ ގޮތުން ޔުނެސްކޯއިން ފާހަގަކުރި ގޮތުގައި މީލާދީގެ ކުރިން މަދުވެގެން ނުވަ ވަނަ ޤަރުނާ ހަމައަށް ދެމިގެންދާ ތަފާތު ޙަޟާރާތްތަކުގެ އާސާރީ ހެކިތައް އެ ތަނުން ފެންނާނެއެވެ. ލުބުނާނުގެ ކިއްލާތަކާ ބެހޭ ގޮތުން ޔުނެސްކޯއިން ބުނީ އެ ތަންތަނަކީ މެދުޒަމާނުން ފެށިގެން ނަވާރަ ވަނަ ޤަރުނާ ދެމެދުގެ ބިނާތަކެއް ކަމަށެވެ. ކްރޫސޭޑަރުންނާއި އައްޔޫބީންނާއި މަމްލޫކުންނާއި ޢުޘްމާނީންގެ އިތުރުން ސަރަޙައްދީ ވެރިންގެ ދައުރުތައް އެ ތަންތަނުން ދައްކައިދެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް