ވައިޓް ހައުސްގެ ވީޑިއޯއެއްގައި ލަވަ ބޭނުންކުރުމުން ކެޓީ ޕެރީ ރުޅިގަދަވެއްޖެ
އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ޕެރީ ބުނީ އެ ލަވަ ބޭނުންކުރުމުގެ ހުއްދައަށް ނޭދޭ ކަމަށާއި ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ލަވަ ބޭނުންކުރުމަށް އެއްވެސް ވަރަކަށް ތާޢީދު ނުކުރާ ކަމަށް ބުންޏެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އޭނާގެ ލަވަ "ފަޔާވޯކް" ވައިޓް ހައުސްގެ ޓިކްޓޮކް އެކައުންޓުގައި އަސްކަރީ ހަމަލާތަކެއް ދައްކުވައިދޭ ވީޑިއޯއެއްގެ ބެކިން ޓްރެކެއް ގޮތުގައި ބޭނުންކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ޕެރީ ބުނީ އެ ލަވަ ބޭނުންކުރުމުގެ ހުއްދައަށް ނޭދޭ ކަމަށާއި ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ލަވަ ބޭނުންކުރުމަށް އެއްވެސް ވަރަކަށް ތާޢީދު ނުކުރާ ކަމަށް ބުންޏެވެ.
ދިރިއުޅުމުގެ އެންމެ އަނދިރި ވަގުތުތަކުގައި މީހުންނަށް އުންމީދާއި ހިތްވަރު ގެނެސްދިނުމަށް ލިޔުނު ލަވައެއް ހަނގުރާމައިގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއްގައި ބޭނުންކުރުމަކީ އެ ލަވައިގެ މެސެޖާ ދިމާ އިދިކީލި ކަމެއް ކަމަށް ޕެރީ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ލަވައިގެ މަޤްޞަދަކީ މީހުން ގުޅުވައިދިނުމެވެ ހަނގުރާމައިގެ ޢަމަލުތައް ފާހަގަކުރުމެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން ވައިޓް ހައުސްގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް