ކުށުގެ މައްސަލަތައް އިތުރުވެ މިއަހަރު 7000 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިއްޖެ
މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅިފައިވަނީ 6720 މައްސަލައެވެ.
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް 7349 މައްސަލަ ހުށަހެޅިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅިފައިވަނީ 6720 މައްސަލައެވެ.
އެހެންކަމުން މިދިޔަ އަހަރާ އަޅައިބަލާއިރު ކުށުގެ މައްސަލަތައް ރިޕޯޓުކުރި ޢަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުތަކެވެ.
ވައްކަމުގެ ބާވަތުން އެކަނިވެސް 2054 މައްސަލަ ރެކޯޑުކުރެވިފައިވާ އިރު މިއީވެސް ކުރީ އަހަރުގެ އެ މުއްދަތާ ބަލާއިރު އިތުރުވުމެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް