ބަނގުރާ ވިޔަފާރީގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 27 އަހަރުގެ މަމްނޫރް ރަހްމާން އާއި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 26 އަހަރުގެ އޮމެތަރަން ކަންދަސަމީއެވެ.
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ރޭ މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 27 އަހަރުގެ މަމްނޫރް ރަހްމާން އާއި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 26 އަހަރުގެ އޮމެތަރަން ކަންދަސަމީއެވެ.
ބަނގުރާ ގެންގުޅުމާއި ބޭނުންކުރުމާއި އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތު އެ ދެ މީހުންގެ މައްޗަށް ކުރެވެއެވެ.
އެ ދެ މީހުން ހައްޔަރުކުރުމަށްފަހު މާލޭގެ ތިން ތަނެއް ބަލައިފާސްކުރި އިރު ޖުމްލަ 133 ފުޅި ބަނގުރާ ވަނީ ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ސައިކަލުވެސް ވަނީ ޓޯކޮށްފައެވެ.
މައްސަލައިގެ އިޖުރާއަތްތައް ނިންމުމަށްފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ދެ މީހުންވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް