ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ޕާކިސްތާނުގެ ދިދަ ނަގާފައިވާ ދެ ތެޔޮ ޓޭންކަރެއް ޙޫޘީން ސަޢޫދީއާ ދެކޮޅަށް އިޢުލާނުކޮށްފައިވާ ދަތުރުފަތުރުގެ ހުރަސްތަކާ ކުރިމަތިނުވެ ރެޑް ސީ އާއި ބާބުލްމަންދަބް ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ އިންޓެލިޖެންސް ކުންފުނި ވިންޑްވާޑުން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.
ޖުލައި 20 ވަނަ ދުވަހު ޙޫޘީން ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާނުކުރި ފަހުން ޗައިނާއާ ގުޅުންހުރި އުޅަނދުފަހަރު ފިޔަވައި ސަޢޫދީއާ ގުޅިފައިވާ ޓޭންކަރުތަކަށް ޙަމަލާދީފައި ވުން ނުވަތަ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރު ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިންޑްވާޑުން ފާހަގަކުރެއެވެ.
މި ދެ ޓޭންކަރު ބާބުލްމަންދަބް ހުރަސްކޮށްފައި ވަނީ ޕާކިސްތާނުގެ ދިދައިގެ ދަށުން ދަތުރުކުރާ އެއްވެސް އުޅަނދަކަށް ޙަމަލާއެއް ދީފި ނަމަ އެ ޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބަލާނެ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ޙޫޘީންނަށް އިންޒާރު ދިން ތާ ދުވަސްކޮޅެއް ފަހުންނެވެ.
މި ޙާދިސާއިން ހާމަވަނީ ޕާކިސްތާނުގެ ވަރުގަދަ އިންޒާރާ އެކު ޙޫޘީން އެ ޤައުމުގެ އުޅަނދުފަހަރަށް ހުރަސް ނާޅާ ދޫކޮށްލާފައިވާ ކަމެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް