ޖުލައި 16 ގެ ނިޔަލަށް ރިސޯޓް ކުލިން ދައުލަތަށް 1.1 ބިލިޔަން ރުފިޔާ
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލިން ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ.
މިއަހަރުގެ ޖުލައި 16 ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެ 1.1 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލިން ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ.
އެހެންކަމުން މިއީ %8.4 ގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެއިލީ އަޕްޑޭޓް ރިޕޯޓަށް ބަލާއިރު ރާއްޖޭގައި ޖުމްލަ 185 ރިސޯޓް އޮތް އިރު އޭގެ ތެރެއިން ފަތުރުވެރިންނަށް ޚިދުމަތް ދެމުން ގެންދަނީ 179 ރިސޯޓުންނެވެ. އެ ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ 45115 އަށް އަރައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް