Newscast
ހަބަރު

ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 21 Jul 2026
ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ
ސްޕެއިން - ދިވެހިރާއްޖެ؛ ފޮޓޯ / ރައީސް އޮފީސް

ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރެއްވިއެވެ.

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވަމުން، ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްޙަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ
ހަބަރު 05 Aug 2026

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް
ދުނިޔެ 05 Aug 2026

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ
ދުނިޔެ 05 Aug 2026

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި
ދުނިޔެ 05 Aug 2026

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި
ދުނިޔެ 05 Aug 2026

ޕާކިސްތާނުގެ ތެޔޮ ޓޭންކަރުތައް ޙޫޘީންގެ ދެކޮޅުހެދުންތަކާ ނުލައި ބާބުލްމަންދަބް ހުރަސްކޮށްފި

އެ ކުންފުނިން ބުނީ އެ ދެ އެފްރަމެކްސް ޓޭންކަރު ސަޢޫދީ ޢަރަބިއްޔާގެ ޔަންބޫ ބަނދަރުން ތެޔޮ އެރުވުމަށް ފަހު ޓްރެކިން ސިސްޓަމްތައް ޖައްސައިގެން ޕާކިސްތާނަށް މިސްރާބު ޖެހި ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި
ދުނިޔެ 05 Aug 2026

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.