ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ޖުލައި 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިނެޝް ކުމާރު މުރްގެސަން އެވެ.
ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ޖުލައި 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިނެޝް ކުމާރު މުރްގެސަން އެވެ.
ދިއްގާމަގުން އޭނާ ހުއްޓުވައި ފާސްކުރުމުން ބަނގުރާކަމަށް ޝައްކުކުރެވޭ 18 ފުޅި ފެނުނެވެ. އެއަށްފަހު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރުމުން އިތުރު 53 ފުޅި ވެސް ވަނީ ހޯދައިފައެވެ.
މި މައްސަލައިގައި ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންދިޔުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައިވެއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް