ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭހެއް މާލެ ސަރަހައްދުން ފެނިފައިވޭ: އެޗްޕީއޭ
އެޗްޕީއޭއިން މިއަދު އެކްސްގައި ހިމަބިހި އާއި ގުޅިގެން ހިއްސާ ކުރި އަދާހަމައިން ދައްކާގޮތުން މާލެ ސަރަހައްދުން ވަނީ ހިމަބިހީގެ 22 ކޭހެއް ފެނިފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭހެއް މާލެ ސަރަހައްދުން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އެކްސްގައި ހިމަބިހި އާއި ގުޅިގެން ހިއްސާ ކުރި އަދާހަމައިން ދައްކާގޮތުން މާލެ ސަރަހައްދުން ވަނީ ހިމަބިހީގެ 22 ކޭހެއް ފެނިފައެވެ.
އެހެންކަމުން، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 166 ކޭހެއް ވަނީ ރާއްޖެއިން ރިޕޯޓްކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން، އެޗްޕީއޭއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީހާވެސް ގިނަ ފަރާތްތަކަށް ހިމަބިހީގެ ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ޖުމްލަ 9،918 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އާންމުންނަށް ބާރުއަޅާފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް