ޗައިނާ ސަފީރު ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވިއެވެ.
އެ ގޮތުން ތަފާތު ދާއިރާތަކުން ދެ ފަރާތުން ދެމުން ގެންދާ އެއްބާރުލުން ފާހަގަކުރައްވައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ޤާބިލުކަން ކުރިއެރުވުމާއި އޮޕަރޭޝަނަލް ތައްޔާރީ ހާލަތު ހަރުދަނާކުރުމުގެ ގޮތުން ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ މެދުވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް