އިންޑިއާގެ މިނިވަންކަމަށް 80 އަހަރު ފުރުން ފާހަގަކުރަން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް
މި ހަރަކާތް އިންތިޒާމުކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ. މިނިވަން ދުވަހުގެ ފާހަގަކުރުންތަކުގެ ތެރެއިން ހިންގި އިޖުތިމާޢީ މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ.
އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭމްޕެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް އިންތިޒާމުކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ. މިނިވަން ދުވަހުގެ ފާހަގަކުރުންތަކުގެ ތެރެއިން ހިންގި އިޖުތިމާޢީ މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ.
އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ޕީއެސްއެމް ނިއުސްއަށް ހާމަކުރި ގޮތުގައި މި ކޭމްޕް ރޭވީ ތިން ބޭނުމެއް ހާސިލުކުރުމަށެވެ.
އެއީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަށް މީހުންނަށް ހިތްވަރު ދިނުމާއި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމާއި މުޖުތަމަޢުގައި އެކުވެރިކަމާއި ޚިދުމަތުގެ ރޫޙު ދިރުވުމެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ތަފާތު ހަރަކާތްތައް ރާއްޖޭގައި ބާއްވާއިރު މިފަހަރުގެ ލޭ ހަދިޔާކުރުމުގެ ކޭމްޕަކީ އެ ސިލްސިލާގެ ބައެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް